ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2019/131
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:39
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމަށް އެދޭފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު.

  ތިނަދޫއިން މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިވަޑައިގެންފައި ނުވާ، ތިނަދޫ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި، ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލަވާލުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)415/415/2019/127 (12 ޑިސެމްބަރ 2019) އިޢުލާނުގައި ވާގޮތުން 31 ޑިސެމްބަރ 2019 ގައި ނިޔަލަށް މުއްދަތު ހަމަވާނެކަމަށް ބަޔާންކުރެވިފައިވީނަމަވެސް މިހާރު އެދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަކި މުއްދަތެއް ނެތި ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އީމެއިލްގެ ޒަރީޢާއިން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިއިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ޝަރުޠު:

1-      ޢުމުރުން 18 އަހަރު ފުރިފައިވުން.

2-      ތިމާ ނުވަތަ ތިމާގެ ފިރިމީހާ / އަނބިމީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ބިމެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ނުވަތަ ތަރިކައިން ނުވަތަ ހިބައިން ލިބިފައިވާ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ރަޖިސްޓްރީ ކުރެވިފައި ނުވުން.

    މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2019