މަސައްކަތް
ނަންބަރު: GS112/IUL/2019/10
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 07 ޖަނަވަރީ 2020 13:00
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2020 ވަނައަހަރަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 23 އިން 2019 ޑިސެމްބަރު 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރު 25 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރު 25 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރި 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅާނީ  65600573  ނަންބަރު ފޯނާއިއެވެ.

 

22 ޑިސެމްބަރު 2019

22 ޑިސެންބަރު 2019