ޢާންމު މަޢުލޫމާތު
ނަންބަރު: GS176/IUL-B/2019/09
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 26 ޑިސެންބަރު 2019 14:00
ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

ސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށްޓަކައި ކުރެވުނު ނަންބަރު: GS-176/IUL-B/2019/07 އިޢުލާން ގެ ދަށުން 3 ބިޑް ހަމަ ނުވާތީވެ، މިސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރީމެވެ.

2020 ވަނަ އަހަރު  މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، 2 ކޮޓަރި އާއި ސިޓިން ރޫމް އާއި ބަދިގެ (ކާގެ ހިމެނޭ ގޮތަށް)، ހުރިހާ ފަރުނީޗަރާއިއެކު ހުރި ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

  1. ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާފަރާތްތަކުން، 2019 ޑިސެމްބާރ 23 އިން 2019 ޑިސެމްބާރ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބާރ 29 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  3. މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބާރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 05 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި

ފޯން:6780551

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

22 ޑިސެންބަރު 2019