ދިވެހިރާއްޖެ
ސްކޫލް ގޯތިތެރޭގައި ހިގުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު މަރާމާތުކޮށް ކުލަލާނެ ފަރާތެއް ބޭނުންވެއްޖެ
ސްކޫލް ގޮތިތެރޭގައި ހިގުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު ގައިވާ ގާތަށް ނަގައި ރަގަޅުކޮށް ކުލަލާނެ ފަރާތެއް ބޭނުއްވެއްޖެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 22 އިން 2019 ޑިސެންބަރު 25 އަށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
1 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
2 މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
3 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 30 ވަނަ ދުވަހުގެ 09:00 ގައި މިސްކޫލްގައެވެ.
4 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ. ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
25 ރަބީޢުލްއާޙިރު 1441ހ