ދިވެހިރާއްޖެ
g
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ |
|
އިޤްތިޞާދީ ފުއްދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން |
ނަމްބަރ:476/22/2019/1009
މަޤާމް: |
ކޮމްޕިއުޓަރ ޓެކްނީޝަން |
މަޤާމުގެ ނަންބަރު: |
J304327 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
(އެމް. އެސް. 2) |
މަޤާމުގެކްލެސިފިކޭޝަން: |
(ޓެކްނިކަލް އޮފިސަރ ގްރޭޑް 2) |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން/ މާލެ ) ކޯޕަރޭޓް އެފެއަރސް ސެކްޝަން) |
މުސާރަ : |
/- 6295ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު). ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. މީގެ އިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައަޅާފައިވާނަމަ އެ ޢިނާޔަތްތައް.
ނުވަތަ |
ސަޕޯރޓިން ކޯ އެލަވަންސް : |
މަހަކު 900/- ރުފިޔާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
މި އޮފީހުގެ އިންޓަރނެޓް، ކޮންޕިއުޓަރ ވިއުގައަށާއި ކޮންޕިޔުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން. މި އޮފީހުގެ ކޮންޕިޔުޓަރތައް ބެލެހެއްޓުމާއި މަރާމާތުކުރުން. މި އޮފީހުގެ ކޮންޕިޔުޓަރތަކަށް ދިމާވާ މައްސަލަތައް ތަނުން ހައްލު ނުވެއްޖެނަމަ ފައިނޭންސް ޔުނިޓާ ގުޅައިގެން، ބޭރަށް ފޮނުވައިގެން ހައްލުކުރުން. ތަނުން ބޭރަށް ގެންދެވޭ ކޮންޕިޔުޓަރތަކުގެ ތަފްސީލު ބެލެހެއްޓުން. މި އޮފީހުގައި ހިންގާ ވާރކްސޮޕްތަކުގައި އައި.ޓީ ސަޕޯޓްދިނުން. ޓެކްނޮލުޖީ ދާއިތރާއިން މި މަރުކަޒްގެ މުވައްޒަފުންނަށް ތަމްރީންދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމްކުރުން. މިއޮފީހުގެ ހޯދާ ކޮންޕިޔުޓަރ ސާމާނު ހޯދުމުގައި ލަފަޔާ އިރުޝާދު ދިނުން.
މި އޮފީހުގެ ވެބްސައިޓް އަޕްޑޭޓް ކުރުމުގައި އެހީތެރިވެ ދިނުން. ޔުނިޓުން ރާވާ ހިންގާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން. ޙަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން. އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކިމުގެ ރޫހް ޤާއިމް ކުރުމަށް މަސައްކަތްކޮށް އޮފީހުގެ އެންމެ ފައިދާ ހުރި ގޮތަކަށް މަސައްކަތް ރާވައިގެންކުރުން. އޮފީހުގެ އިމޭޖް ރަގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަގަޅުކުރުމަށް އެހީތެރިވެދީ އޮފީހުގެ ސިއްރު ހިފެހެއްޓުން. |
މަޤާމުގެ ޝަރުޠުތައް:
|
1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭޤައުމީސަނަދުތަކުގެއޮނިގަނޑުގެލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް:އިންފޮމޭޝަން ޓެކްނޮލޮޖީ. ތައުލީމީ ރޮނގުތައް:ކޮމްޕިއުޓަރ ސައިންސް. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށް ގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު
|
ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާން މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298 ފޯނަށް ގުޅުއްވުން އެދެމެވެ.
|
22 ރަބީޢުލް އާޙިރް 1441
19 ޖެނުއަރީ 2019