ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)SH-FAH-A/2019/31
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:16
ސުންގަޑި: 30 ޑިސެންބަރު 2019 14:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ މެޑިކަލް އޮފިސަރ ، މެޑިކަލް އޮފިސަރ

އިޢުލާނު

 

މަޤާމު

ސީނިއަރ މެޑިކަލް އޮފިސަރ ، މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު  

 J-278238 

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމު

ރޭންކް

މަޤާމުގެ ޝަރުތުތައް

މުސާރަ

ސީނިއަރ މެޑިކަލް އޮފިސަރ  

CS14-5

ސީނިއަރ މެޑިކަލް އޮފިސަރ ސީ.އެސް 14-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 22040/-

CS14-4

ސީނިއަރ މެޑިކަލް އޮފިސަރ ސީ.އެސް 14-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 21070/-

CS14-3

ސީނިއަރ މެޑިކަލް އޮފިސަރ ސީ.އެސް 14-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 20110/-

 

CS14-2

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު މެޑިކަލް އޮފިސަރެއްގެ މަގާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ރުފިޔާ 19230/-

މެޑިކަލް އޮފިސަރ  

SC12-5

މެޑިކަލް އޮފިސަރ ސީ.އެސް 12-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 18350/-

SC12-4

މެޑިކަލް އޮފިސަރ ސީ.އެސް 12-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 17490/-

SC12-3

މެޑިކަލް އޮފިސަރ ސީ.އެސް 12-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 16630/-

 

SC12-2

މެޑިކަލް އޮފިސަރ ސީ.އެސް 12-1 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

ރުފިޔާ 15850/-

 

SC12-1

މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ރުފިޔާ 15090/-

މަޤާމުގެ ކްލެސިފިކޭޝަން

 ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް  

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. އަތޮޅު ހޮސްޕިޓަލް   

ސަރވިސް އެލަވަންސް

 ނުކުންނަ ދުވަހަކަށް 275/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން  
  2. ބަލިހާލަތި ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިއަށް ގެންދިއުން
  3. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސިލިންގ ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލި މީހާގެ ހާލަތު ގަވައިދުން މޮނިޓަރ ކުރުން
  4. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވެދިނުން
  5. އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގަރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން
  6. ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޙާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން
  7. މާބަނޑު ދުވަސްވަރާ ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި ރިފަރކުރުން
  8. ބަލިމީހާގެ ޞިއްޙީ މައުލޫމާތު ލިޔެ ރެކޯޑްކޮށް މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދުނުކެނޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ހިދުމަތްތެރިންނާ ހިއްސާކުރުން
  9. ޤާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން
  10.  އިންސާނުންނަށް ކުރިމަތިވާ ކުރިމަތިވާ ޙާއްޞަ ޞިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާ ބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން
  11. އެކިއެކި ހާނިއްކަ ލިބިގެން ޞިއްޙީ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ށ. އަތޮޅު ހޮސްޕިޓަލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ  އަދި ޓްރާންސްކްރިޕްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.   

 9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ގެ 14:00ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6540616) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  05ޖެނުއަރީ 2020 އާއި 16 ޖެނުއަރީ 2020  އާ ދެމެދު، ށ. އަތޮޅު ހޮސްޕިޓަލް ގައެވެ.

 '' ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) '' އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި '' ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) '' އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540061 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

24 ރަބީޢޫލްއާޙިރު 1441

21  ޑިސެމްބަރ 2019

21 ޑިސެންބަރު 2019