ދިވެހިރާއްޖެ
އިޢުލާން
ބިދޭސީ މަސައްކަތު މީހުން ބޭއްތިބުމަށް ގެއެއް ހޯދުމާއިގުޅޭ
މި އިދާރާގެ ނަންބަރު : (IUL)305/305/2019/87 (10 ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން ބިދޭސީ މަސައްކަތު މީހުން ބޭތިއްބުމަށް ގެއެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
¬ މަޢުލޫމާތު ދިނުމުގެ ސެޝަން: 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގަ.
¬ އަންދާސީ ހިސާބު ހުށަހެޅުން: 31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގަ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ރަބީޢުލްއާޚިރް 1441