ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2019/119
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:40
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ހުންނަ ރުއްރުކުން ފަންކެނޑުމާއި ގުޅޭ

އިޢުލާން

ގޯތިން ބޭރުގައި ހުންނަ ރުއްރުކުން ފަންކެނޑުމާއި ގުޅޭ 

މިހާރަކަށް އައިސް ގޯތިން ބޭރުގައި ހުންނަ އަމިއްލަ ފަރުދުންގެ ރުއްރުކާއި، ރައްޔިތުންގެ ރުއްތަކުން އެތަކެތީގެ ވެރިފަރާތުގެ ނުވަތަ ބެލެހެއްޓުމާއި ހަވާލުވެފައިވާ ފަރާތުގެ ހުއްދަ ހޯދުމަކާއި ނުލާ، ރޯފަނާއި ދޮންފަން ކަނޑަމުން ގެންދިއުމާއި، ވަލަށް ވަނުމަށް ކަނޑައެޅިފައިވާ "ހޮނިހިރު" ދުވަސް ފިޔަވާ އެނޫން ދުވަސްތަކުގައި ވަލަށް  ވަދެ ފަނާއި  އަދި ދަރު ހޮވަމުށްދާކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ.

މިކަމަކީ މީގެ ކުރިންވެސް ތަކުރާރުކޮށް އަންގާ މަނާކުރެވިފައިވާ ކަމަކަށްވާތީ، އެއްވެސް ފަރާތެއްގެ އަމިއްލަ ރުކާއި ރައްޔިތުންގެ ރުކާއި ބަންޑާރަ ރުކުން، އެރުކެއްގެ ވެރިފަރާތުގެ ނުވަތަ ރުއްތައް ބެލެހެއްޓުމާއި ހަވާލުވެފައިވާ ފަރާތުގެ ހުއްދަ ލިބިގެން ނޫންގޮތެއްގައި ދޮންފަނާއި ރޯފަން ކެނޑުމަކީ މަނާ ކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. އަދި މިއެންގުމާއި ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލާއި ޙިއްސާކުރުމުން އެކަންބަލާ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

21 ރަބީޢުލްއާޚިރް 1441

18 ޑިސެންބަރު 2019