ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/387
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 18:23
ސުންގަޑި: 29 ޑިސެންބަރު 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-318209

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ޑިޕާޓްމަންޓް / ސެކްޝަން:

ފެސިލިޓީސް މޮނިޓަރިންގ ސެކްޝަން

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފެސިލިޓީސް މޮނިޓަރިންގ ސެކްޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް: 1100/- ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ފެސިލިޓީސް މޮނިޓަރިންގ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މި މުވައްޒަފުންނަށް ޙަވާލުކުރެވޭ މަސައްކަތް ކުރިއަށްދާ ގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރުން

2. ސެކްޝަނުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ކޮންމެ މަހެއް ނިމުމުން ޕަރމަނަންޓް ސެކްރެޓަރީ އަށް ހުށަހެޅުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

3. ދަރުބާރުގޭގެ މެއިންޓެނަންސް އަށް ބޭނުންވާ ކަންކަންބަލައި އެކަންކަން ކުރުމަށް އިންތިޒާމް ހަމަޖައްސައިދިނުން.

4. މިނިސްޓްރީއިން ބަލަހައްޓަމުންގެންދާ އިމާރާތްތަކުގެ މެއިންޓެނަންސް މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބެލުން.

5. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްގެ މަސައްކަތްތައް ކުރުން

6. ބިލްޑިން ސާފުކުރުމުގެ މަސައްކަތްތައް ހިންގާ ނުހިނާ ގޮތް ބެލުން.

7. ކީ މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުން.

8. މިނިސްޓްރީގެ ސެކުރިޓީ ބަލަހައްޓަމުން ގެންދަނީ ރަނގަޅައްތޯ ބެލުން.

9. މިނިސްޓްރީގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން.

10. ޑެއިލީ ވޯކް ލޮގް ޝީޓް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާޢިދުން ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާ ތެރޭގައި، ހިންގުމުގެގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ތަޖުރިބާއާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިންގުމުގެގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

20

25

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން / ޕްރެކްޓިކަލް

50

20

450

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

 

ޖުމްލަ

295

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގައި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 05 އާއި 2020 ޖަނަވަރީ 23 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ.ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕްއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ.

                     

                22 ރަބީޢުލްއާޙިރު 1441

  19 ޑިސެންބަރު 2019 

              

19 ޑިސެންބަރު 2019