މަސައްކަތް
ނަންބަރު: (IUL)22-PU/22/2019/321
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 24 ޑިސެންބަރު 2019 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިއްޒުއްދީން ސްކޫލްގެ އެކްޓީވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1  އިއްޒުއްދީން ސްކޫލްގެ އެކްޓީވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  މިނިސްޓްރީގެ ނަންބަރު: (IUL)22-PU/22/2019/302 އިޢުލާނާއި ގުޅިގެން 3 ފަރާތް ޝަރުތު ފުރިހަމަނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އެކްޓީވިޓީ ޔުނިފޯމް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ.މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 22 އިން 2019 ޑިސެންބަރު 23 އަށް އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2019 ޑިސެންބަރު 23 ވަނަ ދުވަހުގެ 14:00 ށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ވެލާނާގެ 09 ވަނަ ފަންގިފިލާ މީޓިންގ ރޫމް 3 ގައެވެ.

4  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.  

5  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341436, 3341403

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

22 ރަބީއުލްއާޙިރާ 1441

 

19 ޑިސެންބަރު 2019