ޢާންމު މަޢުލޫމާތު
ނަންބަރު: IUL /GS211/2019-33
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި:
22 ޑިސެންބަރު 2019 11:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ތިރީގައި ބަޔާންކޮށްފައިވާ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު:IUL /GS211/2019-30 އިޢުލާނާއި ގުޅިގެން ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.
- ފާޚާނާގެ ފެންވައިރު ބަދަލުކުރުން
- ޖަންކްޝަން ސާފުކުރުން
- ޕްރީސްކޫލް ޕްލޭ އޭރިއާގައި ސަން ނެޓް ދެމުން
- ޕްރީސްކޫލް ޕްލޭ އޭރިއާގައި ރަބަރ ޓައިލްސް ޖެހުން
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
19 ޑިސެންބަރު 2019