ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ
މަޝްރޫއަށް ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ) އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކް އިމްޕްލިމެންޓޭޝަން ޔުނިޓަށް ފުލްޓައިމް ޕްރޮކިއުމަންޓް އޮފިސަރެއް ހޯދުމަށް، 03 ޑިސެމްބަރ 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2019/371އަށް އެކަށީގެން ވާވަރަށް ތަރުޙީބެއް ލިބިފައިނުވުމާ ގުޅިގެން އެއިއުލާން ބާތިލުކޮށް "ޓާރމްސް އޮފް ރިފަރެންސް" އަށް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 25 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮޖެކް އިމްޕްލިމެންޓޭޝަން ޔުނިޓަށް ފުލްޓައިމް ޕްރޮކިއުމަންޓް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢު ޕްރޮޖެކްޓްގެ އެކިއެކި ޕްރޮކިއުމަންޓް މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ)ގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:
މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 24،030.00 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ކުރިން އަދާކުރެވިފައިވާ ވަޒީފާ ފެނުނު އަދި ނިމުމު މީލާދީ މަސް އިންގޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ބަލައިގަނެވޭނީ، އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ/ ޔުނިވަރސިޓީއިން ދޭ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ފުރިހަމަކޮށްފައިވާ ކޯހަކީ ވަކި ލެވެލް އަކަށް އެކްރެޑިޓް ކޮށްފައިވާ ކޯހެއް ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޭލިޔުން)
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ނޯޓު: މިލިޔެކިއުމުގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯއެށް (އިންޓަރވިއު ޕްރެޒެންޓޭޝަން) ފޮނުވުމަށް އެންގޭނެއެވެ.
ސުންގަޑި އަދި ހުށަހެޅުން
ޝައުޤުވެރިވާ ފަރާތްތަކުން 06 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން،'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' [email protected] އަށް އީމެއިލް އިން ނުވަތަ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި މަގާމުގެ ނަން، ތިރީގައިވާ އެޑްރެސް އަދި ދެވިފައިވާ ސުންގަޑި ޖަހާފައި އޮންނަންވާނެއެވެ. މައިލް އުންނަމަ މައިލް ގެ ސަބްޖެކްޓްގައި ހުށަހަޅާފަރާތުގެ ނަމާއި ވަޒީފާ ޖަހާފައި އޮންނަންވާނެއެވެ. (އީމެއިލް ލިބުންކަމުގެ ޖަވާބެއް މިމިނިސްޓަރީއިން އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.)
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު،މާލެ، 20392، ދިވެހިރާއްޖެ
މާފަންނު،ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018399،3018396
އީމެއިލް: [email protected]
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާން އާ އެއްކަރުދާސް ކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރުމަށްއެދެމެވެ