ދިވެހިރާއްޖެ
މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގެ 2018 ، 2019 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: :(IUL)374-C/374/2019/123 ( 15 ޑިސެންބަރު 2019 ) އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހުގައި ބައެއް މައުލޫމާތުތައް ފުރިހަމަވެފައި ނުވާތީ އެއިއުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ޑިސެންބަރު 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2020 ޖަނަވަރީ 5 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބުސައިޓުން www.fncl.gov.mv ޑައުންލޯޑް ކުރެއްވޭނެއެވެ.
ނޯޓް: އަންދާސީ ހިސާބު ހުށަހަޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ ،އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
20 ރަބީއުލްއައްވަލު 1441
18 ޑިސެންބަރު 2019