ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/406
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 29 ޑިސެންބަރު 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓަންޓް އާކިޓެކްޓް

އިޢުލާން

މަޤާމް:

އެސިސްޓަންޓް އާކިޓެކްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

ކޮންޓްރެކްޓްގެ މުއްދަތު

01 އަހަރު (މީލާދީ)

ޑިޕާޓްމަންޓް / ސެކްޝަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (ކޮލިޓީ ކޮންޓްރޯލް ޔުނިޓް)

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސަރުކާރުގެ އޮފީސް ބިލްޑިންގ ތަކުގެ އިންސްޕެކްޝަންތަކާއި އެސެސްމަންޓްތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރުމާއި އޭގެ ޓެކްނިކަލް ރިޕޯރޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި އަދި އެމަސައްކަތްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ސުޕްވައިޒަރުގެ އިރުޝާދުގެމަތިން ކުރުން.

2. ޢީމާރާތް ކުރުމަށް އެތެރެކުރާ ތަކެތި އެތެރެކުރާ ފަރާތްތަކާއި، އެތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތައް ރަޖިސްޓްރީކޮށް، އެފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ފަންނީ އަދި އިދާރީ މަސައްކަތްތަކަށް ސުޕްވައިޒަރުގެ އިރުޝާދުގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

3. ކޮލިޓީ ކޮންޓްރޯލް ޔުނިޓުގެ ފަރާތުން އެކުލަވާލަމުން ގެންދާ ކޮންސްޓްރަކްޝަން ކޮސްޓް އިންޑެކްސް އެކުލަވާލުމުގައާއި، އެމަސައްކަތަށް ބޭނުންވާ، ތަކެތީގެ އަގުގެ ތަފާސްހިސާބުތައް އެއްކުރުމުގައާއި، އެ ބާވަތްތަކުގެ އަގަށް ބާޒާރުގައި  އަންނަ ބަދަލު ދެނެގަނެ އެހިސާބުތައް އާންމުކޮށް ޝާޢިއު ކުރުމުގެގޮތުން ކުރެވޭ އެންމެހާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

4. ޢިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢީދުތަކުގެ ދަށުން އެކުލަވާލާފައިވާ އިސްތިއުނާފް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އެންމެހާ މަސައްކަތްތަކަށް ސުޕަވައިޒަރުގެ އިރުޝާދުގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

5. ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ އަންގަވާ ގޮތެއްގެ މަތިން ހަމަޖެއްސުމާއިގުޅޭ ފަންނީ އަދި އިދާރީ އެންމެހާ މަސައްކަތްތަކަށް ސުޕަވައިޒަރުގެ އިރުޝާދުގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

6. ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަތައް ބޭނުންކުރަމުންދާ ގޮތް ބަލާ އެކަމުގެ މަޢްލޫމާތުތައް އެއްކުރުން، އަދި އޮފީސް ޖާގަބޭނުންކުރުމަށްޓަކައި ހެދިފައިވާ މިންގަނޑުތަކަށް އެފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލަމުން ގެންދިޔުމާއި، ސަރުކާރުގެ ހުރިހާ އޮފީހަކުން ޖާގަ ބޭނުންކުރެވެމުންދާ ގޮތުގެ ސްޕޭސް އޯޑިޓް ހެދުމުގެ ޢަމަލީ މަސައްކަތް ކުރުމާއި އޭގެ ޓެކްނިކަލް ރިޕޯރޓް އެކުލަވާލުމާއިގުޅޭ އެންމެހާ މަސައްކަތްތަކަށް ސުޕަވައިޒަރުގެ އިރުޝާދުގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

7. ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ނިންމައި ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން.

8. ސަރުކާރުގެ އެކިއެކި ޢިމާރާތްތަކުގެ ޙާލަތާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ފަންނީ މައްސަލަތައް ބަލާ މުޠާލިއާކުރުމާއި ގުޅޭގޮތުން އެހެން ޔުނިޓުތަކަށާއި، ޑިޕާރޓްމަންޓުތަކަށް ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް އެހީތެރިކަން ކޮލިޓީ ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތެއްގެމަތިން ފޯރުކޮށްދިނުން.

9. ޢިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފައްދުމާއި، ޓެސްޓުކުރުމާއި، އަދި އެތަކެތި ޓެސްޓު ކުރާ ފަރާތްތައް ރަޖިސްޓްރީކޮށް ގިންތި ކުރުމަށްޓަކައި ކޮލިޓީ ކޮންޓްރޯލް ޔުނިޓުން އެކުލަވާލާފައިވާ 3 ޤަވާޢިދު ރިވިއު ކުރުމާއި، އެއަށް ގެންނަޖެހޭ ބަދަލުތައް ގެނައުމުގެ އެންމެހާ މަސައްކަތްތައް ލެޖިސްލޭޓިވް ޔުނިޓުން ކުރުމުގައި ކޮލިޓީ ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

10. ޑިޕާރޓްމަންޓުން ތައްޔާރުކުރާ އެންމެހައި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، ސްޓޭންޑަރޑްތައް އެކުލަވާލުމަށާއި އަދި ރިވިއު ކުރުމަށް ލެޖިސްލޭޓިވް ޔުނިޓުން ކުރާ މަސައްކަތްތަކުގައި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ކޮލިޓީ ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.

11. ދުވަހުން ދުވަހަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ލޮގް އަދި ވީކްލީ ޓާސްކްތައް ލިޔުން.

މަޤާމުގެ ޝަރުޠުތައް:

އާރކިޓެކްޗަރ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

65

35

40

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގައި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 05 އާއި 2020 ޖަނަވަރީ 23 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ.ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕްއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ.

   

                 22 ރަބީޢުލްއާޙިރު 1441

  19 ޑިސެންބަރު 2019 

                  

19 ޑިސެންބަރު 2019