ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2019/88
އިޢުލާނު
ރ. ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުން:
ރ. ދުވާފަރު ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އައި ރ. ދުވާފަރު ކޮމިއުނިޓީ ޕްރީސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރަން ރ. ދުވާފަރު ކައުންސިލްގެ 3 ވަނަ ދައުރުގެ 48 ވަނަ ޢާއްމު ޖަލްސާއިންވަނީ ނިންމާފައެވެ. މި ނިންމުމާއި އެއްގޮތަށް ރ. ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު ބިޑް / ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފު ކުރުން |
26 ޑިސެމްބަރ 2019 |
ބުރާސްފަތި |
13:30 މެންދުރު ފަސް |
ބިޑް / ޕްރޮޕޯސަލް ހުށަހެޅުން |
31 ޑިސެމްބަރ 2019 |
އަންގާރަ |
13:30 މެންދުރު ފަސް |
ބިޑް / ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑއިގަންނަވާ ޢުމުރުން 18 އަހަރު ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ލިޔުމަކާއިނުލައި ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ އަދި ބަދަލުގައި މީހަކުވެސް ފޮނުވާފައިނުވާ ފަރާތްތަކަށް ބިޑް / ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ބިޑް / ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް / ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާކަން އެނގޭނޭފަދަ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ކުންފުންޏެއް ނުވަތަ ކުލަބް ޖަމްޢިއްޔާއެއްނަމަ ކުންފުނި ނުވަތަ ކުލަބް ޖަމްޢިއްޔާގެ ލެޓަރހެޑުގައި ފޮނުވާ ފަރާތުގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
22 ރަބީޢުލްއާޚިރ 1441
19 ޑިސެމްބަރ 2019