މަސައްކަތް
ނަންބަރު: (IUL)195-A-GA/1/2019/50
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 25 ޑިސެންބަރު 2019 10:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮފީހުގައި ބޭނުންކުރާ މެޝިނަރީ،ފައިލް، ފަރުނީޗަރ އަދި އެހެނިހެން ތަކެތި އެހެން ޢިމާރާތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

މި ކޮމިޝަނުގައި ބޭނުންކުރާ މެޝިނަރީ، ފައިލް، ފަރުނީޗަރ އަދި އެހެނިހެން ތަކެތި، މިކޮމިޝަނުން ދައްކާ ތަނަކަށް ރައްކާތެރިކަމާއެކު ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.  

ބަދަލުކުރަންޖެހޭ މެޝިނަރީއާއި ފައިލާއި ފަރުނީޗަރާއި އަދި އެހެނިހެން ތަކެތި ބެލުމުގެ އިންތިޒާމް، 23 ޑިސެމްބަރު 2019 ވާ ހޯމަދުވަހު ދުވަހުގެ 10:00 އަށް ޕޯސްޓްބިލްޑިންގ 6 ވަނަ ފަންގިފިލާއަށް، ހާޒިރުވުމުން، ހަމަޖައްސައި ދެވޭނެއެވެ. އެ ދުވަހުގެ އެ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ކޮމިޝަނުން ދައްކާތަނަކަށް ތަކެތި ބަދަލުކުރުމުގެ މަސައްކަތް، 2 ދުވަހުގެތެރޭ (28 ޑިސެމްބަރ 2019 ން 29 ޑިސެމްބަރ 2019 ވަނަ ދުވަހުގެރޭ 20:00 ކުރިން) ނިންމަންޖެހޭނެއެވެ.  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 25 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340613 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                        22 ރަބީޢުލްއާރު 1441

           19 ޑިސެމްބަރ 2019

19 ޑިސެންބަރު 2019