ދިވެހިރާއްޖެ
އިޢުލާން
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: IUL)170-PR/170/2019/111) އަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް ބޭނުންވާ ފޮތްތަކެއް ގަތުމަށް ބޭނުންވެއެވެ.
ވީމާ، މި ފޮތްތައް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޑިސެންބަރ 31 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މަޢުލޫމާތު ޝީޓް 2019 ޑިސެންބަރ 22 ވާ އާދިއްތަ ދުވަހު 10:00 އިން ފެށިގެން 2019 ޑިސެންބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
މި އިޢުލާން އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 3022115 / 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.