ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ: (IUL)266/266/2019/63 (12 ނޮވެމްބަރ 2019) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ. މަސްމާރުކޭޓް، އޮޑިއެހެލާ ސަރަހައްދު އަދި އުތުރު ބަނދަރު ފަޅުތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 16 ޑިސެމްބަރ 2019 (ހޯމަ) ދުވަހުން ފެށިގެން 22 ޑިސެމްބަރ 2019 (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
- މައުލޫމާތު ދިނުން – 24 ޑިސެމްބަރ 2019 ވާ (އަންގާރަ) ދުވަހުގެ 10:30 ގައި
- އަންދާސީ ހިސާބު ހުށަހެޅުން – 29 ޑިސެމްބަރ 2019 ވާ (އާދީއްތަ) ދުވަހުގެ 10:30
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.