ދިވެހިރާއްޖެ
ޚިދުމަތަށް ނަގާފީއާއި ބެހޭ
ޤާނޫނު ނަންބަރު: 2015/13 "ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު" 57 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުންދޭ ޚިދުމަތްތަކަށް މިހާރުނަގަމުންދާ ފީގެ އިތުރުން 1 ޖަނަވަރީ 2020 ވަނަ އަހަރުން ފެށިގެން ތިރީގައި ބަޔާކުރާ ޚިދުމަތްތަކަށްވެސް ފީ ނަގާގޮތަށް ހަމަޖެހިފައިވެއެވެ.
މިގޮތުގެމަތިން ނަގަން ކަނޑައަޅާފައިވާ ފީތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ބާވަތް |
ކަރިކިއުލަމް ލެވެލް |
ނެގުމަށް ހަމޖެހިފައިވާ ފީ (ދިވެހިރުފިޔާ) |
1 |
ނަރުހުން ތަމްރީންކުރާ ކޯސްތައް އެޕްރޫވްކުރުމަށް |
ލެވެލް 4 |
2000 |
ލެވެލް 5 |
5000 |
||
ލެވެލް 6 |
7000 |
||
ލެވެލް 7 |
8000 |
||
ލެވެލް 8 |
10000 |
||
ލެވެލް 9 |
15000 |
||
ލެވެލް 10 |
20000 |
||
2 |
ކަރިކިއުލަމް ރީއެސެސްކުރުމަށް |
ހުރިހާ ލެވެލްތަކަށް |
1000 |
3 |
ކައުންސިލަށް އޮންލައިންކޮށް ހުށަހެޅޭ ސެޓްފިކެޓްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް (ޑޮލަރު) |
|
100 |
ކަރިކިއުލަމް ގެ ލެވެލް ތައް ކަނޑައަޅާފައިވަނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝްން ފްރޭމް އާއި އެއްގޮތްވާ ގޮތުގެ މަތިން.