ދިވެހިރާއްޖެ
c
ރިނބުދޫ ސްކޫލް
ދ. ރިނބުދޫ
ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)GS-172/ 2019/14
2020 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާގުޅޭ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު: (IUL)GS-172/ 2019/10 (03 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި. |
24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:30 ގައި. |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.
21 ރަބީޢުލްއާޚިރް 1441
18 ޑިސެމްބަރ 2019