މަސައްކަތް
ނަންބަރު: (IUL)305-CA305/305/2019/118
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 22:23
ސުންގަޑި: 24 ޑިސެންބަރު 2019 13:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގެ ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކުރުން

އިޢުލާން

ޕްރީސްކޫލުގެ ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކުރުން

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާކުރަތު ޕްރީ ސްކޫލުގެ ވޯކުވޭތަކާއި ޕްލޭ އޭރިޔާތަކުގެ ގާފޮޅުތައް ރޭނުމާއި، އިށިއިން ގޮޑިތައް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  20 ރަބީޢުލްއާޚިރް 1441

17 ޑިސެންބަރު 2019