ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2019/227
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި:
22 ޑިސެންބަރު 2019 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނަންބަރ: MTCC-HRAD/IU/2019/227
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
ޓްރޭޑިންގ ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމުތައް:
|
މަޤާމް:
|
ސީނިއަރ އިންވެންޓްރީ އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު
|
މުސާރަ އާއި އިނާޔަތްތައް:
|
- 14, 480.00ރ.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ޓްރޭޑިންގ ޑިޕާރޓްމަންޓް/އެމްޓީސީސީ ކަށަވަރު
|
ޝަރުޠު
|
- ޑިގްރީ އިން އެކައުންޓިންގ ނުވަތަ މިމަޤާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮއްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ޑިޕާޓަމަންޓްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން، ފަރުވާތެރިކަމާއިއެކު ދުވަހުން ދުވަހަށް ހިނގާ ރިކޯރޑްތައް ބަލަހައްޓައި، ޑެބްޓް ކަލެކްޝަން އަދި ޕާރފޯމަންސް ރިޕޯރޓްތައް ފަދަ ޑޮކިއުމަންޓްތައް ތައްޔާރުކުރުން.
|
މަޤާމް:
|
ސީނިއަރ އެކައުންޓްސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު
|
މުސާރަ އާއި އިނާޔަތްތައް:
|
- 14, 480.00ރ.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
|
ޝަރުޠު
|
- ޑިގްރީ އިން އެކައުންޓިންގ ނުވަތަ މިމަޤާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮއްފައިވުމާއިއެކު މި ދާއިރާއިން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
-
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ކަނޑައެޅިފައިވާ ގޮތުގެ މަތިން މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، ރިޕޯރޓްތައް އެނަލައިޒްކޮަށް ފާހަގަވާ މައްސަލަތައް ބަލައި މޮނިޓަރކުރުން އަދި އެކަންކަން ޑިޕާޓްމަންޓްގެ މެނޭޖްމަންޓަށް އެންގުން.
- ޑިޕާޓްމަންޓްގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަޖެޓުގައިވާ ޢަދަދުތަކާއި އަޞްލު ޙަރަދުވާ މިންވަރު އަޅާކިޔައި މޮނިޓަރކުރުން.
- ސޭލްސް ޓީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމާއި، އެގޮތުގެ މަތިން ސޭލްސްގެ އެންމެހާ މަސައްކަތެއް އޮމާންކަމާއެކު ކުރިއަށްގެންދިޔުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުމެއް ތައްޔާރުކޮށް، ސިސްޓަމް ޓްރާންސްފަރތައް ތައްޔާރުކުރުން.
- ރެކޯޑް ބެލެހެއްޓުމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ރިޕޯޓްކުރާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެކަންތައްތައް ތަންފީޒުކުރުން.
- އައު އެފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފުކުރުމަށްޓަކައި އެއިގެން ވިޔަފާރިއަށް ކުރާނެ މަންފާ ބަޔާންކުރާ ބިޒްނަސް ކޭސްތައް ތައްޔާރުކުރުން.
- ޑިޕާޓްމަންޓުގެ އުފެއްދުންތެރިކަމާއި ޚިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި ޙަވާލުކުރެވޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
|
އިންޓަރވިއު:
|
- މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 23 ޑިސެމްބަރ 2019 ން 26 ޑިސެމްބަރ 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
ވެބްސައިޓް: http://mtcc.com.mv/job-opening
ފޯން: 3001100/ 3001149 / 3001139
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
16 ޑިސެމްބަރ 2019