ދިވެހިރާއްޖެ
A.Dh. Atoll School
A.Dh. Maamigili
Rep. of Maldives
Ref. No. GS42 / 2019/ 49
އިޢުލާން
__________________________________________________________________________
މިސްކޫލްގައި ކެންޓީންއެއް ތަރައްގީކޮށް ހިންގާދޭނެ ފަރާތެއްހޯދުމާގުޅޭ
މިސްކޫލްގައި ކެންޓީންއެއް ތަރައްގީކޮށް ހިންގާދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-42/2019/40 އިޢުލާންއަށް ހުށަހަޅާފައިވާ އަގުތައް ކުޑަކަމަށް ފާހަގަކުރެވޭތީ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މިމަސައްކަތާއިބެހޭގޮތުން މައުލޫމާތު ދިނުން އޮންނާނި 2019 ޑިސެމްބަރ 24 ވާ އަނގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިސުކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 29 ވާ އާދީތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680021 ނަންބަރު ފޯނާއެވެ .
20 ރަބިއުލްއާހިރް 1441
17 ޑިސެމްބަރ 2019
އދ. އަތޮޅު މަދަރުސާ ( މާމިގިލި ، ދިވެހިރާއްޖެ ( ފޯނު: 6680021 ފެކްސް: 6680757 އީމެއިލް : Email:[email protected]