ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2019/294
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި:
24 ޑިސެންބަރު 2019 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް:އޮފިސަރ
ބޭނުންވާ އަދަދު: 02 (ދޭއް)
އަސާސީ މުސާރަ:މަހަކު -/4350 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން:އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް /އެސްޓީއޯ ހެޑް އޮފީސް
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރިފިޔާ އާއި، -/2450 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ރާއްޖެ އާއި ރާއްޖޭން ބޭރަށްކުރާ އޮފީސް ދަތުރު ތަކުގެ އެންމެހާ އިންތިޒާމުތައް ރާވާ ހަމަޖެއްސުން
- އެހެނިހެން އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން
- އެސްޓީއޯއަށް ކުއްޔަށް ނަގާ ބިންތަކާއި، އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުނ
- އިވެންޓް ތަކާއި، މީޓިންގ ތަކުގެ ކޭޓަރިންގ ހަމަޖެއްސުން.
- ބިންތަކާއި، އިމާރާތްތަކާއި، ވެހިކަލް ތަކުގެ ފީ ދެއްކުމުގެ ކަންތަށް ބެލެހެއްޓުން.
- އިމާރާތްތަކާއި، ވެހިކަލް ތަކުގެ އިންޝިއުރަންސް ބެލެހެއްޓުން.
- ފައިލިންގ އަދި އާކައިވިންގްގެ މަސައްކަތްތައްކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޖީސީއީ އޯލެވެލް އިންގިރޭސި ނުވަތަ ދިވެހި މާއްދާއާއިއެކު ދަށްވެގެން 3 މާއްދާއިން "ސީ" ފާސް ލިބިފާއިވުން
އެހެނިހެން ހުނަރ
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު ޓައިޕްކުރަން އަދި މުހާތަބުކުރަން އެގުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (https://sto.mv/Uploads/Download/sto_job_application_form_v14.pdf) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]
17 ޑިސެންބަރު 2019