ދިވެހިރާއްޖެ
ފެބުރުވަރީ 2020 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 22ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
- ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ – ކ. މާލެ
ކޯހަށް ހަމަޖެހިފައިވާ ޖާގަތައް ކޮމްބިނޭޝަންތަކަށް ބަހާލެވިފައިވާ ގޮތް:
ބިޒްނަސް މާއްދާތައް:
ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް މެތަމެޓިކްސް އާއި އިނޮމިކްސް
އެކައުންޓިންގ އާއި އިކޮނޮމިކްސް މެތަމެޓިކްސް އާއި ބިޒްނަސް ސްޓަޑީޒް
އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް ޓްރަވެލް އެންޑް ޓޫރިޒަމް އާއި އިކޮނޮމިކްސް
މެތަމެޓިކްސް އާއި އެކައުންޓިންގ ޓްރަވެލް އެންޑް ޓޫރިޒަމް އާއި ބިޒްބަސް ސްޓަޑީޒް
ސައިންސް މާއްދާތައް:
ކެމިސްޓްރީ އާއި ބައޮލޮޖީ ބައޮލޮޖީ އާއި މެރިން ބައޮލޮޖީ
ކެމިސްޓްރީ އާއި ފިޒިކްސް ބައޮލޮޖީ އާއި ފިޒިކްސް
ފިޒިކްސް އާއި މެތަމެޓިކްސް ކެމިސްޓްރީ އާއި މެތެމެޓިކްސް
ކޯސްތަކުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ: