ދިވެހިރާއްޖެ
ސްޓޭޝަންތަކެއްޖަހައި ފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ނަންބަރ: TENDER/AS/2019/010
އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ އޮފީހުގައި ވާރކް ސްޓޭޝަންތަކެއް ޖަހައި ފާރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2019 ގައި ކުރި ނަންބަރު TENDER/AS/2019/007 އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައި ހުންނަ އާސަންދަ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ ދެވޭ އިރުޝާދާއި އެއްގޮތަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
17 ޑިސެމްބަރ 2019
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011418