ދިވެހިރާއްޖެ
`
ދިގުރަށުސްކޫލް |
|
|
އދ. ދިގުރަށް |
|
|
ދިވެހިރާއްޖެ. |
|
އިޢުލާން ނަންބަރ:GS160/2019/323
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2020 ވަނައަހަރަށް ސްކޫލް ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން
1 މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.
- ކްލާސްރޫމް ތަންޑު އަދި ވައި ތަންޑު އެޅުން
- ކުލާސްރޫމާއި ފާޚާނާގެ ދޮރޮފަތް ބަދަލުކުރުން
- ޑޯރ ކްލޯޒަރ ހަރުކުރުން
- ކުޑަދޮރު ހުޅު ބަދަލުކުރުން
- ކުޑަދޮރުގެ ބިއްލޫރި ބަދަލުކުރުން
- ހޯލުގެ 2 ޕާޓިޝަން މަރާމާތުކުރުން
- ގޭޓު ތަކުގެ ހުޅުތައް ބަދަލުކޮށް ދަވާދުލައި ތަންޑު އެޅުން
- ފައުންޑޭޝަން ކުލާސް ޕްލޭ ގްރައުންޑަށްދާ ދޮރާށިލުން
- ފާޚާނާ ތަށި ބަދަލުކުރުން
- ދަރިވަރުންގެ އާފާޚާނާ ބަރީގެ އިސްކުރު ބަރި ހުރިތާގައި ދަރިވަރުންނަށް މޫނު ދޮވެވޭގޮތަށް ސިންކު ތައްޓެއް ހެދުން
- ކީސްޓޭޖް 1އަދި 2 ގެ ކުލާސްރޫމްތަކަށް ވަންނަ ދޮރު ކައިރީ ސްޓެއަރ އެއް ހެދުން
- ހެލްތު ރޫމްގައި ޕާޓިޝަނެއްޖަހައި ދޮރަކާއި ދޮރުފަތެއް އަރުވައި ތަޅެއްއެޅުން
- ސްޓާފްރޫމު ދޮރުފަތުގައި އަތްގަނޑު ތަޅެއް އެޅުން
- ކީސްޓޭޖް 1 އަދި 2 ގެ ކުލާހަށް ވަންނަން ރޭމްޕް ހެދުން
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރ 17 ން 2019 ޑިސެމްބަރ 25 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިސްކޫލުގައެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރ 3 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 09 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދިގުރަށްސްކޫލް
އދ. ދިގުރަށް/ ދިވެހިރާއްޖެ
ފޯން: 6680841 /7840634
އީ-މެއިލް: [email protected]
20 ރަބީޢުލްއާޙިރު 1441
17 ޑިސެންބަރ 2019