މަސައްކަތް
ނަންބަރު: GS-26/IUL/2019/71
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި:
22 ޑިސެންބަރު 2019 00:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިމަރުކަޒުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
- 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލުގައި ކުރަންޖެހޭ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2019/66 (02 ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން ހުށަހަލާފައިވާ ބީލަންތަކުގެ ތެރެއިން އަގުބޮޑުކަމަށް ފެންނަ ބީލަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތްތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
1- ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން
2- ސްޓާފް ފާޚާނާ މަރާމާތުކުރުން
3- ދެބުރި އިމާރާތުގެ ދިޔަދޮވި ބަދަލުކުރުން
4- ދެބުރި އިމާރާތުގައި ކުލަލުން
5- ކުލާސްރޫމް ދޮރުފަތްތަކުގެ ހުޅު، ތަންޑު، އަދި ތަޅު ރަގަޅުކުރުން
6- ދަރިވަރުން ހިގާމަގު (ވޯކް ވޭ) ރަގަޅުކުރުން
7- ސްކޫލް ގޭޓްތަކުގައި ދަވާދުލުން
8- ބާރަ ކުލާސްރޫމް އިމާރާތް (3 ބުރި އިމާރާތް) ކުޑަދޮރުތަކުން ފެންލީކުވުން ރަގަޅުކުރުން
9- ސޯޅަ ކުލާސްރޫމް އިމާރާތުގެ (3 ބުރި އިމާރާތް) ދޮރުފޮތި ހަރުކުރުން
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޑިސެންބަރު 2019 އިން 18 ޑިސެންބަރު 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 22 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
19 ރަބީޢުލްއާޚިރު 1441
16 ޑިސެންބަރު 2019
16 ޑިސެންބަރު 2019