ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
މެނޭޖަރ، ކޯޕަރޭޓް އެފެއަރޒް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މުސާރައާއި ޢިނާޔަތްތައް:
|
-/21,200 ރުފިޔާ
|
އިތުރު ޢިނާޔަތް:
|
ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުމާ އެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްޢޫލިއްޔަތު:
|
- އޮފީހުގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުމާއި، އެޑްމިން، މެމްބަރ ސަރވިސް، ހިއުމަން ރިސޯސް އަދި ޕްރޮކިއަރމަންޓް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- ކޯޕަރޭޝަންގެ އިދާރީ ކަންކަން ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ މެނުއަލްތަކާއި އެސްއޯޕީތައް ތައްޔާރުކުރުން.
- ކޯޕަރޭޓް އެފެއަރޒް ޑިޕަރޓްމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ޙައްޖާއި ޢުމްރާއާއި ގުޅޭގޮތުން ޢާއްމު ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ހަމަޖައްސަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
- އޮފީހުން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން.
|
މަސައްކަތުގެ ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް)
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|