ދިވެހިރާއްޖެ
މަޤާމް :Assistant Credit Analyst | |
---|---|
ބޭނުންވާ އަދަދު :1 | |
No: (IUL)/SDFC-HR/2019/29 އިޢުލާން އެސިސްޓަންޓް ކްރެޑިޓް އެނެލިސްޓް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓަންޓް ކްރެޑިޓް އެނެލިސްޓް ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި ވަނަވަރު ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ. ކުރިމަތިލުމުގެ ސުންގަޑި: މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 22 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި ކޯޕަރޭޝަނަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Assistant Credit Analyst for SDFC“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3306999 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ހުށަހަޅަންވީ ތަން ސަކީނާ މަންޒިލް ތިންވަނަ ފަންގިފިލާ މެދުޒިޔާރަތްމަގު މާލެ، ދިވެހިރާއްޖެ |