ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރު: (IUL)374-C/374/2019/122
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 20:33
ސުންގަޑި: 30 ޑިސެންބަރު 2019 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާ ޕެނަލް ބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުން.

ފ.ނިލަންދޫ ރައްޔިތުންގެ "އިންޖީނުގޭގައި " ބޭނުންކުރި 300 ކިލޯ ވޯޓުގެ ބާ ޕެނަލް ބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުމަށް މި އިދާރާގެ ނަންބަރު (IUL)374-C/374/2019/81 (07 އޮކްޓޯބަރު 2019) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިޢްލާން ބާޠިލްކޮށް އަލުން އިޢްލާނު ކުރަމެވެ.  

1-ޕެނަލް ބޯޑުގެ ނީލަން ފެށޭ އަގަކީ 100,000/- (އެއްލައްކަ ރުފިޔާ) އެވެ.

2- މިނީލަމުގައި   އެންމެ   ކުޑަކޮށް  އިތުރުކުރެވޭނެ   އަދަދަކީ ފަހަރަކު  -/5000  (ފަސްހާސް ރުފިޔާ)އެވެ.

          ވީމާ މިޕެނަލްބޯޑު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގު ހުށަހަޅާފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިނީލަމުގައި  ބައިވެރިވުމަށް  "ސިޓީން އަގު ހުށަހަޅާފޯމް" ހުށަހަޅުއްވާނީ  2019 ޑިސެންބަރު 16 ވަނަ ދުވަހުގެ 9:00 ން ފެށިގެން 2019 ޑިސެންބަރު 30 ވަނަ ދުވަހުގެ 12:00 އަށެވެ. މިފޯމް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.  މި ކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި ވެއުދޮށުމައިޒާނުގައި ހުންނަ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ފޭސްބުކު ޕޭޖުގައި ހުންނާނެއެވެ. "ސިޓީން އަގު ހުށަހަޅާފޯމް" މިއިދާރާގެ ކައުންޓަރުންނާއި އަދި ވެބުސައިޓުން ލިބެންހުންނާނެއެވެ.

       މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނެއެވެ. ޕެނަލްބޯޑު ދޫކުރެވޭނީ ފައިސާ ދައްކައި ނިމުމުންނެވެ.

        ޕެނަލް ބޯޑު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން  ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ޕެނަލްބޯޑް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  މިއިދާރާގެ ނަންބަރު 6740016 ނަންބަރާއިއެވެ.  

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

 

18  ރަބީޢުލްއާޚިރު 1441

15  ޑިސެންބަރު  2019

15 ޑިސެންބަރު 2019