ދިވެހިރާއްޖެ
މަޤާމް :އިމާމު، މުދިމު، މަސައްކަތު | |
---|---|
ބޭނުންވާ އަދަދު :4 | |
(IUL)326-HR/326/2019/65 ނަންބަރު
އިޢުލާން
ވަޒީފާގެ ފުރުޞަތު
ވޭޖް އެމްޕްލޯއިމަންޓްގެދަށުން މަސައްކަތްކުރުމަށް މިސްކިތްތަކަށް އިމާމުން/މުދިމުން/މަސައްކަތު މީހުން ހޯދުން:
ފާދިއްޕޮޅު ހިންނަވަރު މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމާދެމެދު ނަގާ މުއްދަތުގައި ވަގުތީގޮތުން މަސައްކަތްކުރާނެ މުވައްޒަފުން ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 01 އަހަރު ދުވަހަށް (2020 ވަނަ އަހަރަށް) ނެގުމަށް ބޭނުންވެއެވެ.
އުޖޫރަ ދެވޭނެ ގޮތާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި މަސައްކަތްކުރަންޖެހޭ ވަގުތު/ގަޑި
# |
މަޤާމް |
ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
ކޮންމެ ނަމާދު ވަގުތަކަށް |
މަސައްކަތްކުރަންޖެހޭ ތަން |
1 |
އިމާމް (ސަނަދުއޮންނަމީހަކަށް) |
ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު (ދުވާލަކަށް ޖުމްލަ 5 ގަޑިއިރު) |
-/61 |
ހިންނަވަރު މިސްކިތްތައް |
2 |
މުދިމު (ސަނަދުނެތް މީހަކަށް) |
-/53 |
||
3 |
މަސައްކަތު |
މިސްކިތް ފޮޅާ ސާފުކުރުމަށް ކޮންމެ ނަމާދަކަށް 30 މިނިޓް، މަސައްކަތަށް 02 ގަޑި 30 މިނިޓް ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު |
-/45 (ނަމާދު ވަގުތުތަކަށާ މަސައްކަތު ގަޑިއާއިއެކު) |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
މި މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި މިސްކިތް ޙަވާލުކުރުމުގައި މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތް ޙަވާލުކުރެވޭނީ ކައުންސިލް އިދާރާއާއި އެފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6620301 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޑިސެމްބަރ 2019