ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2019/210
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1351
ސުންގަޑި: 31 ޑިސެންބަރު 2019 1100
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ނައިފަރު މަލްޓިޕާޕަސް ބިލްޑިންގްގައިވާ ފިހާރަބައި ކުއްޔަށް ދޫކުރުން

ޅ.ނައިފަރު މަލްޓިޕާޕަސް ބިލްޑިންގްގައި ހަދާފައިވާ ފިހާރަބައި ކުއްޔަށް ދޫކުރުމަށް އިއުލާން ކުރަމެވެ. މި އިމާރާތް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

މަޢުލޫމާތު ފޯމް ވިއްކުން

17 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 10:00 އިން ފެށިގެން 23 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ފޯމް ގަންނަން ލިބޭނެއެވެ. ބިޑް ފޯމެއް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

މި ބިޑާއި ގުޅިގެން ޕްރީ ބިޑް މީޓިންގއެއް ނޯންނާނެއެވެ. މައުލޫމާތު ކަރުދާހަށް އެއްވެސް ބަދަލެއް އަންނަނަމަ، އެ ބަދަލް ނައިފަރު ކައުންސިލްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްގައި ހިއްސާކުރެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

މިބިޑާއި ގުޅިގެން ބޭއްވޭ ބިޑް އޯޕެން މީޓިންގ އޮންނާނީ 31 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި ނައިފަރު ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގައި ނައިފަރު ކައުންސިލްއަށް އެޑްރެސްކޮށް "މަލްޓިޕާޕަސް ބިލްޑިންގގައިވާ ފިހާރަބައި ކުއްޔަށްހިފުމަށްއެދި" ލިޔެވިފައި އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

ބިޑްގަތުމަށް އަދި ހުށަހެޅުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

2019-12-16