ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2019/29
އިއުލާން
ގއ. ކަނޑުހުޅުދޫ ފެރީޓާމިނަލް ހެދުން
ގއ. ކަނޑުހުޅުދޫ ފެރީޓާމިނަލް އަމިއްލަތަކެތީގައި ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެފުރުޞަތުހުޅުވާލުމަށްކުރެވުނު މިއިދާރާގެ ނަންބަރ (IUL)241-B/241/2019/26 ( 06-11-2019 ) އިއުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަށް ކުރިމަތިލާފައިނުވާތީ އަލުން މިމަސައްކަތް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 22 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިން 31 ޑިސެމްބަރ 2019 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކަނޑުހުދޫ ކައުންސިލްގެ އިދާރާ |
7 ޖެނުއަރީ 2020 |
އަންގާރަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ |
16 ޖެނުއަރީ 2020 |
ބްރާސްފަތި |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
18 ރަބީއުލްއާޚިރް 1441
16 ޑިސެމްބަރ 2019