ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-23/PRIV/2019/39
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 23 ޑިސެންބަރު 2019 13:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2020 ވަނަ އަހަރު އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                             ނަންބަރ: (IUL)GS-23/PRIV/2019/39  

އިޢުލާން

 

2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

                މި ސްކޫލްގެ އިސްވެރިޔާ ހުނަނެވުމަށް ގެއެއް ކުޔަށް ހިފުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ  (IUL)GS-23/PRIV/2019/33 އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.   

               2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.  މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރު އަދި  މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ( ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނެއެވެ.

 

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

19 ޑިސެމްބަރ 2019

ބުރާސްފަތި  

މަޢުލޫމާތު ސާފުކުރުން

13:00

މ. އަތޮޅު ތަޢުލީމީ މަރުކަޒު

23 ޑިސެމްބަރ 2019

ހޯމަ

އަންދާސީ ހިސާބު

13:00

މ. އަތޮޅު ތަޢުލީމީ މަރުކަޒު

 

        މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7952901 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                               19 ރަބީޢުލްއައްވަލް  1441 

                               16 ޑިސެމްބަރ  2019

                                                                   އާމިނަތު ޢަލީ   

                                                                  ޕްރިންސިޕަލް

             

 

16 ޑިސެންބަރު 2019