ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:
މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ މިދަންނަވާ ތަންތަނުގެ 2018 ، 2019 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ
2. ނިލަންދޫ ރައްޔިތުންގެ ތެއު ސެންޓަރު
މިމަސައްކަތާއި ގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2020 ޖަނަވަރީ 5 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބުސައިޓުން www.fncl.gov.mv ޑައުންލޯޑް ކުރެއްވޭނެއެވެ.
ނޯޓް: އަންދާސީ ހިސާބު ހުށަހަޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ ،އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
18 ރަބީއުލްއައްވަލު 1441
15 ޑިސެންބަރު 2019