ދިވެހިރާއްޖެ
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު:(iu)GS99/2019/031
އިޢުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު
މިސްކޫލްގެ 2020 ވަނަ އަހަރަށް ކުރަންބޭނުންވާ ތިރީގައިމިދަންނަވާ މަރާމާތުތައް ކުރުމަށް ފުރަތަމަ ފަހަރަށް ކުރެވުނު އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
1.ސްކޫލްގެ ބައު އިމަރާތުގެ ބޮޑު ދޮރުތައް ނައްޓައި ލަކުޑި ދޮރު ހަރުކުރުން
2. ފެންޕަންޕް ހިޔާކުރުން
3. ގުދަނުގައި އެއްޗެހި ބަހައްޓާނެ ހަރު ހެދުން
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓާއެކު މި ރަޖިސްޓްރީވެސް ހުށައަޅަންވާނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ މައުލޫމާތު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520539 ފޯނާއި ގުޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
22 ޑިސެންބަރު 2019 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
25 ޑިސެންބަރު 2019 |
ބުދަ |
13:00 |
16 ޑިސެންބަރު 2019
19 ރަބީޢުލްއައްވަލު 1441