ކުއްޔަށް ދިނުން
ނަންބަރު: (IUL)GS-01/2019/50
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 23 ޑިސެންބަރު 2019 12:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަދޫކުރުން

                                               ނަމްބަރ: IUL)GS-01/2019/50)

އިޢުލާން

ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަދޫކުރުން

03 ކޮޓަރީގެ 02 އެޕާޓްމަންޓް އަދި 04 ކޮޓަރީގެ 01 އެޕާޓްމަންޓް

       އިންޓަރ ގްރޭޓެޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އައި.އެޗް.ޑީ.ޕީ) ގެ ދަށުން ބ. އޭދަފުށީގައި ގާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން 03 އެޕާޓްމަންޓް ހުސްވެފައިވާތީ، އެއެޕާޓްމަންޓް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުމަށް އިއުލާން ކުރީމެވެ.

1-  އާރު.އެލް.ސީ ގެ އެޕާރޓްމެންޓް ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް

1.1 އޭދަފުށީގެ ރައްވެއްސެއްކަމުގައި ނުވުމާއެކު ދިވެހިރައްޔިތެއް ކަމުގައިވުން

1.2ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ރަޖިސްޓްރީވެގެން ކިޔަވާނެ މަދުވެގެން 03 ކުދިން ތިބުން

1.3    އެޕާޓްމަންޓް ލިބިއްޖެނަމަ ފޯމު ހުށަހަޅާއިރު ފޯމްގައި ހިމަނާފައިވާ ހުރިހާ ދަރިވަރުން އަދަދަށް ހަމައަށް ތިބުން.

1.4    އޭދަފުށި ނޫން އެހެން ރަށެއްގައި 5 އަހަރު ދިރިއުޅެފައިވާ އާއިލާއެއް ނުވަތަ ފަރާތެއް ކަމުގައިވުން.

1.5    އެޕާޓްމަންޓް ލިބިއްޖެނަމަ އެޕާޓްމަންޓް ހޯދަންއެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން ދަނާލުގައި ދިރިއުޅޭނެ ފަރާތެއްކަމުގައިވުން

1.6    ދަނާލުގެ އެޕާޓްމަންޓެއްލިބި ދޫކޮށްލާފައިވާ ފަރާތެއްނަމަ 02 އަހަރުވެފައިވުން

1.7    އެޕާޓްމަންޓެއް ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެހެން އެޕާޓްމަންޓަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

1.8    ސަރުކާރުން ލިވިންގ އެލަވަންސް ހަމަޖައްސާފައިވާ ފަރާތެއް ކަމުގައި ނުވުން/ އަދި އެފަދަ ފަރާތެއްގެ އަނބި ނުވަތަ ފިރިމީހަކަށް ނުވުން

1.9    ސިޔާސީ އެއްވެސް މަގާމެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން އަދި އެފަރާތެއްގެ އަނބި ނުވަތަ ފިރިމީހަކަށް ނުވުން

2- އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ބެލޭނެ އެހެނިހެން ކަންކަން

2.1    ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ނުވަތަ މަރުހަލާއެއް ފުރިހަމަކުރަން އޭދަފުށްޓަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

2.2    މިހާރު އޭދަފުށީގައި ގެ ކުއްޔަށް ހިފައިގެން ދަރިންނަށް ކިޔަވައިދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

3- ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު

3.1 ދަނާލުގައި ބޭތިއްބުމަށް ހުށަހަޅާ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް (ގިނަވެގެން 8 ކުދިންނަށް) ޖުމްލަ 40 ޕޮއިންޓް

3.2 ދަރިންނަށް ކިޔަވައިދިނުމަށްޓަކައި އޭދަފުށިން ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ފަރާތެއްނަމަ އޭދަފުށީގައި އުޅުނު އަހަރަށް ބަލައި އަހަރަކަށް 05 ޕޮއިންޓް ދެވޭނެއެވެ. އަހަރު ބަލާނީ ދިރާސީ އަހަރުގެ 08 މަސް ދުވަހު އުޅެފައިވާނަމައެވެ. މިބަޔަށް ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ. މީގެތެރޭގައި ދަނާލު އެޕާޓްމަންޓެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ނުހިމެނޭނެއެވެ.

3.3 ބ.އޭދަފުށީ މައި ބަހިއްޔާ ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންނާއި، އޭދަފުށީގައި ހުންނަ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ޕޮއިންޓެއް ނުލިބޭނެއެވެ.

3.4 ކުރިމަތިލާ ފަރާތްތަކަށް މި އުސޫލުން ޕޮއިންޓް ދިނުމުން ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ލިބުނު ޕޮއިންޓް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތް ކަނޑައަޅާނީ  ތިރީގައިވާ ތަރުތީބުންނެވެ.

(ހ) އެންމެ ފުރަތަމަ ބަލާނީ އެންމެ ގިނަކުދިން ގެންގުޅެން ހުށަހަޅާފައިވާ ފަރާތެކެވެ. މިހާރު ދަނާލުގެ ރަޖިސްޓްރީގައިވާ އެއްވެސް ދަރިވަރަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. ނަމަވެސް އެޕާޓްމަންޓަށް ކުރިމަތިލާ ފަރާތުގެ ދަރިންނަށް ޕޮއިންޓް ދެވޭނެ.

(ށ) ކުދިންގެ އަދަދު އެއްވަރު ނަމަ ދެން ބަލާނީ ދަނާލުގައި މިހާރު ދިރިނޫޅޭ ރަށެއްގެ އާއިލާ އެއްތޯ އެވެ.

(ނ) ށ.ގައިވާ އުސޫލުންވެސް އެއްވަރު ވެއްޖެ ނަމަ ދެން ބަލާނީ، އެއާއިލާއެއްގެ އުފަންރަށުން ލިބެން ނެތް ތައުލީމެއް ހޯދުމަށް އޭދަފުށްޓަށް ބަދަލުވާ އާއިލާއެއްތޯ އެވެ.

(ރ) ނ.ގައިވާ  އުސޫލުންވެސް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތެއް ކަނޑައަޅާނީ އެއްވަރުވީ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

4- ހުށަހަޅަންޖެހޭ ލިޔުންތައް

4.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމް"

4.2 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

4.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

4.4 2020 ވަނަ އަހަރު ބ.އ.ތ.މ ގައި ކިޔެވުމަށް ފުރުސަތުލިބިފައިވާ ކުއްޖެއްނަމަ އެކަމުގެ ލިޔެކިޔުން ހުށަހެޅުން

4.5 އެޕާޓްމެންޓް ލިބިއްޖެނަމަ އެޕާޓްމެންޓް ހޯދަންއެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން އެޕާޓްމެންޓްގައި ދިރިއުޅޭނެ ކަމުގެ އިގުރާރުގެ ސިޓީ.

4.6 ފޯމާއެކު ހުށަހަޅާ ކުދިންނަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ޖާގަ ލިބޭނެކަން އަންގައިދޭ އެ މަރުކަޒުގެ ލިޔުން.

5- ބ.އޭދަފުށީ އާރް.އެލް.ސީ އެޕާޓްމަންޓް  ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

ތިން ކޮޓަރީގެ އެޕާރޓްމަންޓެއް މަހަކު -/3000 (ތިންހާސް) ރުފިޔާ އަދި 04 ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު -/4000 (ހަތަރުހާސް) ރުފިޔާ

ދަނާލުން ޖާގަދޫކުރެވޭނީ އެކަމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިއުލާނުގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ދަނާލްގެ ޖާގައަށް އެދޭފޯމް ރަސްމީގަޑީގައި މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

އެތާރީހުގެ ފަހުން ހުށަހަޅާފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06- އެޕާޓްމަންޓް ހަވާލުކުރުން:

އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) އިން ޖާގަ ހޯދުމަށް ހުށަހަޅާ ފޯމްގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ 3.1 ގައި ހުށަހަޅާ ދަރިވަރުން  އެޕާޓްމަންޓް ހަވާލުކުރާއިރު ހަމަނުވާނަމަ ދެވަނައަށް އެންމެ ގިނަޕޮއިންޓް ލިބުނު ފަރާތަށް ފުރުސަތުދެވޭނެއެވެ.

 

16 ޑިސެންބަރު 2019