ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)195-A-GA/1/2019/49
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 19 ޑިސެންބަރު 2019 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައު އިމާރާތުގެ ޕާޓިޝަން ޖެހުމާއި ކަރަންޓު ވަޔަރު ކުރުމާގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނުގެ އައު އޮފީހުގެ ޕާޓިޝަންޖެހުމުގެ މަސައްކަތް އަދި ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)195-A-GA/1/2019/28 (20 ނޮވެމްބަރު 2019) އިޢުލާނާގުޅިގެން އެކަށީގެންވާ ޢަދަދަކަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

 މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި  މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން، މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. ރަޖިސްޓްރީ ކުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ތަން ބެލުމަށް ބޭނުންވާނަމަ، 21 ޑިސެމްބަރު 2019 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް ހ. ސަކީނާމަންޒިލަށް (މެދުޒިޔާރަތްމަގު) ހާޒިރުވުމުން، ތަން ބެލުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. އެ ދުވަހުގެ އެ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                        18 ރަބީޢުލްއާރު 1441

                        15 ޑިސެމްބަރ 2019

15 ޑިސެންބަރު 2019