ދިވެހިރާއްޖެ
ރިނބުދޫ ސްކޫލް
ދ. ރިނބުދޫ
ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)GS-172/2019/12
2020 ވަނަ އަހަރަގެ ދިރާސީ އަހަރަށް ތައްޔާރުވުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
ސްކޫލްގެ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ތިރީގައި ބަޔާންކޮށްފައިވާ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
# |
މަސައްކަތް |
1 |
ކްލާސްރޫމް (ހޯލް) ވަށައިގެންވާ ގަސްގާފޮޅު މަރާމާތުކޮށް ކުލަލުން |
2 |
އެސެމްބްލީ ގްރައުންދާއި އޮފީހާއި ދެމެދުގައިވާ ތަޅުން މަރާމާތުކުރުން |
3 |
ދަރިވަރުންގެ ފާޚާނާތައް މަރާމާތުކޮށް ފަޚާނާއާއި ކްލާސްރޫމްތަކުގައި ނެއްޓިފައިވާ މުށިތައް ބަދަލުކުރުން |
4 |
ސްކޫލްގެ ވަށާފާރުގެ ރެނދު ބެއްދުމާއި ސިމެންތިޖަހައި ކުލަލުން |
5 |
ކްލާސްރޫމްތަކުގެ ރެނދުތައް ބެއްދުމާއި ސިމެންތިޖަހައި ކުލަލުން |
6 |
ކްލާސްރޫމްތަކުގެ ފަންކާ، ސްވިޗް އަދި ތަޅު ބަދަލުކުރުން |
7 |
ހޯލް އިމާރާތުގެ ޕާރޓްޝަން މަރާމާތުކުރުން |
8 |
ސިޑި ބަދަލުކުރުން |
9 |
ގޭޓް މަރާމާތުކުރުން |
10 |
އޮފީސް މޭޒާއި ޓީޗަރސް މޭޒު މަރާމާތުކުރުން |
11 |
ކްލާސްރޫމް ކުޑަދޮރުތައް މަރާމާތުކުރުން |
12 |
ކްލާސްރޫމްގެ ލަކުޑިދޮރުތައް އެލްމެނިއަމްދޮރަށް ބަދަލުކުރުން |
13 |
ސްކޫލްގެ ހުރިހާ އިމާރާތެއްގައި ކުލަލުން |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:45 ގައި. |
24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި. |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.
18 ރަބީޢުލްއާޚިރް 1441
15 ޑިސެމްބަރ 2019