މަސައްކަތް
ނަންބަރު: GS-92/IUL/2019/035
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 22 ޑިސެންބަރު 2019 11:30
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

  މި ސްކޫލްގެ އޮފީސް ފާޚާނާ އާއި ވާރޭފެން ހިންދާ ޖަންކްޝަންތައް އަދި ހޯލް ޢިމާރާތުގެ ދިޔަދޮވި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS92/IUL/2019/034 (5 ޑިސެމްބަރ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަމަށް ރަޖިސްޓްރީ ކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މި ސްކޫލްގެ އޮފީސް ފާޚާނާ އާއި ވާރޭފެން ހިންދާ ޖަންކްޝަންތައް އަދި ހޯލް ޢިމާރާތުގެ ދިޔަދޮވި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

  މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ޑިސެންބަރު 15 އިން 2019 ޑިސެމްބަރ 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2019ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 11:30 ގައިމިސްކޫލްގައެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2019  ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:30 ގައި މިސްކޫލްގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް

ހދ. ނައިވާދޫ

ފޯން: 6520537

އީ-މެއިލް: [email protected]

15 ޑިސެންބަރު 2019