ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިއްދޫ
ދިވެހިރާއްޖެ
އިޢުލާން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ހޯދުން
މިއިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)225-ID/225/2019/19 ( 28 އޮކްޓޫބަރު 2019 ) އިޢުލާނާއި ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ޝަރުތު:
- ފާއިތުވި 02 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން 02 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވާ، ރަނގަޅު ސިއްޙަތެއްގައި ހުރި މީހަކެއް ކަމުގައިވުން.
އުޖޫރަ:
- A0,A1 ކެޓަގަރީގެ އުޅަނދަކަށް -/15ރުފިޔާ
- އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް -/25ރުފިޔާ
ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޑިސެންބަރު 2019 ވަނަ ދުވަހުގެ 14:00ގެ ކުރިން ކުށުގެ ރެކޯޑް ފޯމް ފުރިހަމަކޮށް، ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
18 ރަބީޢުލްއާޚިރު 1441
15 ޑިސެންބަރު 2019