މަޤާމް
|
މޭކަޕް އާޓިސްޓް
|
އަސާސީ މުސާރަ
|
-/5,000 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީ.ޕީ9
|
ބޭނުންވާ ޢަދަދު:
|
4
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިންގ އެންޑް ކޯޕަރޭޓް އެފެއަރޒް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރާއި ޙާޟިރީއަށް ބެލުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، 'ސެކްނަޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2(ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން: ނުވަތަ
- އެސް.އެސް.ސީ އަދި ސާނަވީ އިމްތިހާނުން 3 (ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން: ނުވަތަ
- މަތީ ސާނަވީ އިމްތިހާނަކުން 3(ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
- ޕްރޮފެޝަނަލް މަޤާމްތަކަށް ހޮވާ މުވައްޒަފުން އެދާއިރާއިން ލިބިފައިވާ ޚާއްސަ ސެޓްފިކެޓްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ މޭކަޕް އާރޓިސްޓްގެ މަސައްކަތްތައް ސްޕަވާއިޒަރު އަންގާ ގޮތަށް، އަދި ޕްރޮޑިއުސަރުން ބޭނުންވާ އެންމެ ރަނގަޅު ފެންވަރެއްގައި ކުރަމުން ގެންދިއުން؛
- ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުން، ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު މޭކަޕް ކޮށްދިނުން
- ޕްރޮގްރާމްތަކުގެ މެހެމާނުންނަށް ބޭނުންވާ މޭކަޕް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު ކޮށްދިނުން
- ހަބަރު ގަޑިތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު ނިއުސް އެންކަރުން މޭކަޕް ކޮށްދިނުން
- ކުންފުނީގެ ފަރާތުން ހިންގާ އައުޓް ޑޯރ ޝޫޓިންގތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބައިވެރިވެ މޭކަޕް ކޮށް ދިނުން
- ކުންފުނީގެ އެކި އެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓާ ޙަވާލުކުރެވިފައި އެންމެހާ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކުރަމުން ގެންދިއުން
- ކުންފުނީގެ އެކިއެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓަށް އެއިރަކަށް އިތުރަށް ބޭނުންވާ ތަކެތި ދެނެގަތުމާއި އެތަކެތި ހޯދުމަށް ރިކްއެސްޓްކުރުން؛
- ކުންފުނީގެ އެކި އެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓާ ޙަވާލުކުރެވިފައި އެއްވެސް އައިޓަމެއް ގެއްލިއްޖެނަމަ، އެކަމަކާ ގުޅިގެން، ކުންފުނީގެ ކަމާގުޅޭ ސިތާސަތުތަކާއި އުޞޫލުތަކުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުން؛
- މެކަޕްކުރަން ގެންގުޅޭ ތަކެތި އަދި މޭކަޕް ރޫމް ސާފުކޮށް ބެލެހެއްޓުން
- ކަނޑައެޅޭ އުޞޫލަކުން މޭކަޕް ޔުނިޓްގެ ވީކްލީ، މަންތްލީ އަދީ އަހަރީ ރިޕޯރްޓްތައް ތައްޔާރުކޮށް ސްޕަވައިޒަރު އަދި ޑިޕާރޓްމަންޓް ހެޑަށް ހުށައެޅުން
- ކަނޑައެޅޭ އުޞޫލަކުން ބޭއްވޭ މީޓިންތަކަށް ހުށައަޅަންޖެހޭ، ޑިޕާޓްމަންޓް ރިޕޯޓް/ ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ، މޭކަޕް ޔުނިޓްގެ މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ފޮނުވަމުން ގެންދިއުން؛
- ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން؛
- ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|