މަސައްކަތް
ނަންބަރު: (IUL)GS-01/2019/51
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 17 ޑިސެންބަރު 2019 10:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިސްކޫލުން ދޭ ކުރެހުމަކާ އެއްގޮތަށް ކެންޓީނެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން

 

އިއުލާން

ނަންބަރ: (IUL)GS-01/2019/51

ތާރީހް: 15 ޑިސެމްބަރ 2019

 

މިސްކޫލުން ދޭ ކުރެހުމަކާ އެއްގޮތަށް ކެންޓީނެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ކުރި އިއުލާން (IUL) (GS-01/2019/50)  (11 ޑިސެމްބަރ 2019) އަށް އެއްވެސް ބޭފުޅަކު މައުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީވެ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 10:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6608308 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

15 ޑިސެންބަރު 2019