އިޢުލާން
|
މަޤާމް
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަގާމުގެ ނަންބަރު:
|
J 319724
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ވަގުތީ
|
މުއްދަތު:
|
2 އަހަރު ދުވަސް
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2462/25 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- އެންވަޔަރަންމެންޓަލް ސައިންސްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ރާވާ ހިންގުން؛
- މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ޙާސިލް ކުރަން ކަނޑައެޅިފައިވާ އަމާޒުތައް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ކަންތައްތަކަށް މަގުފަހި ކުރުމުގައި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ހަދަންޖެހޭ ދިރާސާތައް ހެދުން؛
- ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގޭ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ތަފާތު އިނީޝިއޭޓިވްތަކުގައި ރާއްޖެއިން ބައިވެރިވުމާއިގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަމުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތު ކުރުން؛
- ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގޭ " ބްލޫ އިކޮނަމީ" އިނިޝިއޭޓިވްސްތައް ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން ރާއްޖޭގައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަމާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަން ދިނުން؛
- ރާއްޖޭގެ ކުލައިމެޓް އެކްޝަން ޕްލޭންގައި ހިމެނޭ " މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް" ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ތަންފީޒު ކުރުން؛
- މޫސުމަށް އަންނަ ބަދަލުތަކާއި، މިދާއިރާއާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކޮށް ކަމާގުޅޭދާއިރާތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
- މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ސަރުކާރުގެ ސިޔާސަތު ހާމަކުރަންޖެހޭ ޙާއްލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން މިކަންތައްކުރުން؛
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، ރަނގަޅު މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
- މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް ހައްލުކުރަން މަސައްކަތްކުރުމާއިއެކު، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުން.
- ހަކަތައިގެ ދާއިރާގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތީން ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް އެކުލަވާލައި، ފައިނޭންސިންގ އަދި އިމްޕްލިމެންޓިންގ ޕްލޭން ތައްޔާރުކޮށް ޕްރޮޕޯސަލް ހަދައި ހުށަހެޅުން.
- ބޭރުގެ އެކި ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެފަރާތްތަކަށް ޖަވާބުދިނުން
- ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކިއެކި ފޯރަމްތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕް ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިސް ސަރވިސްގެ ދައުލަތުގެ މުވައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމް އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 31 ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 5 ޖަނަވަރީ 2020 އާއި 09 ޖަނަވަރީ 2020 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,30183263018329 އަށް ގުޅުއްވުން އެދެމެވެ.
|
15 ރަބީއާޚިރާ 1441
12 ޑިސެމްބަރ 2019
|