މަސައްކަތް
ނަންބަރު: GS91/IUL/2019/35
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 17 ޑިސެންބަރު 2019 11:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ބައެއްމަރާމާތުތައް ކުރުން

މި މަދަރުސާގެ ބައެއް މަރާމާތުތައް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތުތަށް ކުރާނޭ ފަރާތެއް ހޯދުމަށް 05 ޑިސެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/33  އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ  އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 މި ސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުމާއި ، ދަރިވަރުންގެ ފާހާނާތައް މަރާމާތުކުރުން އަދި ސްކޫލު އިމާރާތްތަކުގައި ކުލަލައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރުން އޮންނާނީ 2019 ޑިސެމްބަރ 17 އަންގާރަ ދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި  ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

12 ޑިސެންބަރު 2019