ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2019/49
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 22:20
ސުންގަޑި: 12 ޑިސެންބަރު 2019 00:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ސާފުކުރުމާއި އިން ސަރަޙައްދު ވަކިކުރުން

 

އިޢުލާން

 

ގޯތި ސާފުކުރުމާއި އިން ސަރަޙައްދު ވަކިކުރުން

 

ކުނަހަންދޫގެ ފެނާއި ނަރުދަމާގެ  ޚިދުމަތް 2020 ވަނައަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ކައުންސިލުން މިދަނީ ތައްޔާރު ވަމުންނެވެ. 

              އަދި، ކުނަހަންދޫގެ އެއްވެސް  ރައްޔިތަކު  ބާކީ ނުކޮށް އެޚިދުމަތް ދިނުމަށް ޓަކާ  ކައުންސިލުން މިގެންދަނީ  ދުރާލާ ރަށުގެ  މަގުތަށް ހެދުމުގެ  މަސައްކަތް ކުރަމުންނެވެ.  އަދި ކުނަހަނދޫން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި، ސާފުކޮށް އަދި އިން ސަރަޙައްދު ވަކިކުރެވިފައި ނުވާ ގޯތިތަށް ވީ އެންމެ  އަވަސް މުއްދަތެއްގެތެރޭ "  ގޯތި ސާފުކޮށް ގޯތީގެ އިންވަކި ކުރުމަށްފަހު ގޯތީގެ ވަށާ ފައުންޑޭޝަން އަޅާ ނިންމެވުން އެދެމެވެ.

             އެހެންކަމުން   ރަށުގައި  ފެނާއި، ނަރުދަމާ  ނިޒާމުގެ ހޮޅި ވަޅުލުމުގެ  މަސައްކަތް ކުރެވެމުންދާއިރު، ދެންނެވިފައިވާ ގޮތުގެމަތީން " ގޯތި ސާފުކޮށް އިންވަކިކުރެވިފައި ނުވާ ގޯތިތަކަށް" ފެނާއި ނަރުދަމާ ނިޒާމް"ގެ ހޮޅި އެފަދަ ގޯއްޗެއްގެ ތެރެއަށް ނުވެއްދިގެން ކައުންސިލަށް ހުށަހެޅޭ އެއްވެސް ކަމެއްގެ ޒިންމާ ނެގެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.  

        ވީމާ ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.

15 ރަބީއުލް އާހިރު 1441   

12 ޑިސެމްބަރު    2019    

12 ޑިސެންބަރު 2019