މުބާރާތް
ނަންބަރު: (IUL)280-PLA/INDIV/2019/68
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 18 ޑިސެންބަރު 2019 12:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު

            ޑިސެމްބަރ 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

            މިމުބާރާތަކީ ރަށުގެ ޢާންމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އަމާޒުކޮށްގެން ށ.ޅައިމަގު ކައުންސިލްއިން ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން 1ވަނަ ، 2 ވަނަ ، 3 ވަނަ ޓީމް އަދި އެންމެ ބޮޑު(ބަރު) މަސް ބާނާ ފަރާތަކަށް ކައުންސިލުންދޭ ފައިސާގެ އިނާމާއި ހަނދާނީލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހޮވޭ ވަނަތައް

ފައިސާގެ ޢިނާމް

ސެޓްފިކެޓް

ވަނަތައް ހޮވާނެ މިންގަނޑުތައް

1ވަނަ ޓީމް

1500.00ރ

 

އެންމެ ގިނަ ކިލޯގެ މަސްބާނާ ޓީމް

2ވަނަ ޓީމް

1000.00ރ

 

ދެވަނައަށް އެންމެ ގިނަ ކިލޯގެ މަސްބާނާ ޓީމް

3ވަނަ ޓީމް

500.00ރ

 

ތިންވަނައަށް އެންމެ ގިނަ ކިލޯގެ މަސްބާނާ ޓީމް

އެންމެ ބޮޑު (ބަރު) މަސް ބާނާ ފާރާތް

300.00ރ

      

އެންމެ ބަރު މަސް ބާނާ ފަރާތް

             ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން "މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ  12:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް މިއިދާރައިން ލިބެން ހުންނާނެއެވެ.

             މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

12 ޑިސެންބަރު 2019