ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2019/115
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 23 ޑިސެންބަރު 2019 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ތަކެތި ރައްކާކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ތަކެތި ރައްކާކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/107 (06 ނޮވެންބަރު 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އާއި މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް 2019 ޑިސެންބަރު 15 ވާ އާދިއްތަ ދުވަހުގެ 09:00 އިން ފެށިގެން 2019 ޑިސެންބަރު 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
  3. ބިޑް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކުން 2019 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 09:00 - 13:30   އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ( އަމީނީމަގު) ކައުންޓަރަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި މި ތާރީޚުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 23 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2019 ޑިސެންބަރު 23 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  5. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ބޭރުގައި ހުށަހެޅިފަރާތާއި އަންދާސީ ހިސާބު ހުށަހެޅިފައިވާ މަސައްކަތް އެނގޭ ގޮތަށެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.    

12 ޑިސެންބަރު 2019