ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)386/386/2019/43
                    ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
                    ޕަބްލިޝްކުރި ގަޑި:  11:45
                                            ސުންގަޑި: 
                            01 ޖަނަވަރީ 2020 00:00
                        
                    
                ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުން އަގު ނެގުމާބެހޭ
                                01 ޖަނަވަރީ 2020 އިން ފެށިގެން މިއިދާރާއިން ދެމުންގެންދާ ބައެއް ޚިދުމަތްތަކުން އަގު ނެގުމަށް މިކައުންސިލުން ނިންމާފައިވާތީ، އަގު ނަގާނެގޮތުގެ ތަފްޞީލް ތިރީގައި މިދަންނަވަނީއެވެ.
- އައިޑީކާޑު ހެއްދުން 25.00 ރުފިޔާ ، އައިޑީކާޑު ގެއްލިގެން ހެއްދުން 50.00 ރުފިޔާ
 - އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުން 25.00 ރުފިޔާ ، އުފަންދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުން 50.00 ރުފިޔާ
 - އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން 25.00 ރުފިޔާ ، އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން ހެއްދުން 50.00 ރުފިޔާ
 - ގޯތީގެ ރަޖިސްޓްރީ ހެއްދުން 50.00 ރުފިޔާ ، ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުން 100.00 ރުފިޔާ
 - ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުން 50.00 ރުފިޔާ ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުން 100.00 ރުފިޔާ
 - އެއްގަމު ލައިސަންސް ހެއްދުން 25.00 ރުފިޔާ ، އެއްގަމު ލައިސަންސް ގެއްލިގެން ހެއްދުން 50.00 ރުފިޔާ
 - އެއްގަމު ލައިސަންސް ކެޓަގަރީ އިތުރުކުރުން 150.00 ރުފިޔާ
 - ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުމަށް ސާރވޭކުރުން 100.00 ރުފިޔާ
 - ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުން 50.00 ރުފިޔާ
 - ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ސާރވޭކުރުން 100.00 ރުފިޔާ
 - މާވަޑިޔާގެ ސެޓްފިކެޓް ހެއްދުން 200.00 ރުފިޔާ
 - އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ ހެއްދުން 100.00 ރުފިޔާ
 - ވިޔަފާރި ރަޖިސްޓްރީ ކުރުން 100.00 ރުފިޔާ
 - މަސްވެރިކަމުގެ ލައިސަންސް ހެއްދުން 100.00 ރުފިޔާ
 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                12 ޑިސެންބަރު 2019